27 Jan 2014, 18:19
ބޮޑުތަކުރުފާނު މަގުގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.
ބޮޑުތަކުރުފާނުމަގު، "މެރީބްރައުން" ކައިރީގައި މިއަދު ހަވީރު ހިންގި އެ މާރާމާރީގައި ޒަހަމްވެފައި ވަނީ އުމުރުން 18 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އޭނާގެ އަރިކައްޓަށާއި ކަނައަތަށް ވަނީ ވަޅި ހަރައި ޒަހަމްކޮށްލާފަ އެވެ.
ފުލުހުން ބުނީ އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށާއި އެ ޒުވާނާއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ވަނަވަރެއް ފުލުހުން ނުދެ އެވެ.
ޒުވާނާގެ ގަޔަށް ވަޅި ހެރި މީހާ ހައްޔަރު ކުރީ، މާރާމާރީ ހިންގި ސަރަހައްދުންނެވެ.