ބޭރުގެ ބޭންކްތަކުގައިވާ އީރާނުގެ ބޭރުފައިސާގެ ރިޒާވް އަނބުރައި ޤައުމަށް ގެނަސްފިކަން އެޤައުމުން ހާމަކޮށްފިއެވެ. މިކަން ހާމަކުރައްވަމުން އީރާނުގެ މަރުކަޒީ ބޭންކުގެ ގަވަރނަރ މަޙްމޫދު ބަހްމަނީ ވިދާޅުވީ ބޭރުގެ ބޭންކުތަކުގައިވާ އީރާނުގެ ބޭރު ފައިސާގެ ރިޒާވް އަބުރައި ޤައުމަށް ގެނައީ ދެބޭނުމެއްގައި ކަމަށާ އެއް ބޭނުމަކީ މިފައިސާ ބޭރުގެ ބޭންކްތަކުގައި ހުއްޓާ ގަނޑުކޮށްފާނެކަމުގެ ބިރު އޮތުން ކަމަށާ އަނެއް ބޭނުމަކީ ޤައުމުގެ ތަރައްޤީގެ މަޝްރޫޢުތަކަށް މިފައިސާ އިންވެސްޓް ކުރުމެވެ. މިގޮތުން ބޭރުފައިސާގެ ރިޒާވްގެ ހަތްދިހަ އިންސައްތަ، ޤައުމުގެ ތަރައްޤީގެ މަޝްރޫޢުތަކަށާއި އުފެއްދުންތެރިކަމުގެ މަޝްރޫޢުތަކަށް އިސްވެސްޓްކުރަން ރޭވިފައިވާ ކަމަށް އީރާންގެ މަރުކަޒީ ބޭންކުން ބުނެއެވެ. ބޭރުގެ ބޭންކްތަކުގައިވާ އީރާނުގެ ބޭރުފައިސާގެ ރިޒާވް ސަތޭކަ ބިލިޔަން އެމެރިކާ ޑޮލަރަށް އަރާކަމަށް ވޯލްޑް ބޭންކާއި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން ލަފާކުރިނަމަވެސް މިޢަދަދު މިއަށްވުރެ އިތުރުކަމަށް އީރާންބުނެއެވެ.