ކ. މާފުށީ ޖަލަށް އެތެރެ ކުރަން އެ ރަށު ކުނިގޮނޑުގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗާއި ސިމްކާޑުތަކެއް ފުލުހުން ހޯދައިފި އެވެ.

މާފުށި ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއި ސިމްކާޑުތައް ފުލުހުން ހޯދީ މިއަދު ހެނދުނު އެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ ޒުވާނެކެވެ. އޭނާގެ ވަނަވަރެއް ފުލުހުން ނުބުންޏެވެ.

ފުލުހުން ބުނީ ކުނިގޮނޑު ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ސެލޯފިންގަނޑާއި ދެ ރަބަރު ހޮޅި ކޮޅުގެ އިތުރުން ހަ ސިމްކާޑެއް ފެނިފައިވާ ކަމަށެވެ.