ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލްގެ) ޑިރެކްޓަރުންގެ ބޯޑަށް ހަ ބޭފުޅެއްގެ ނަން ސަރުކާރުން އެ ބޭންކުގެ އެ ޕޮއިންޓްމެންޓް ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމެޓީ އަށް ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ ނަންތަކަކީ އެ ބޭންކެގެ ސީއީއޯ އެންޑްރޫ ޖޯން ހީލީ އާއި 18 އަހަރަށް ވުރެ ގިނަ ދުވަހު ބޭންކްގައި މަސައްކަތް ކުރައްވާފައިވާ މުހައްމަދު ޝަރީފްގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑައިރެކްޓަރު އަބުދުލްހާރިޝްގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ކޮންސަލްޓެންޓް، މުހައްމަދު ލުވޭޒް އާއި ސިވިލް ސާވިސް ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލް މުރުތަލޯ މުހައްމަދު ދީދީ އާއި ސަން އައިލެންޑް ރިސޯޓްގެ އެކައުންޓެންޓް މުހައްމަދު އުމަރެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން އެ ބޭންކްގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލެއްވި ހަތަރު ބޭފުޅުންގެ ތެރެއިން ޝަރުތުހަމަވާ ކަމަށް ނިންމައި ކޮމެޓީ އަށް ފޮނުއްވާފައިވާ ތިން ބޭފުޅުންނަކީ ކޮކޯ ހަޓްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓާ މުޙައްމަދު ޢަބްދުއްސައްތާރު އާއި ޓްރޮޕިކަލް އައިލެންޑް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް މުހައްމަދުގެ އިތުރުން އެސްޓީއޯގެ އިސް މަގާމުތަކެއް އަދާކުރައްވާފައިވާ އިސްމާއިލް މުހުތާބެވެ.

ބީއެމްއެލްގެ އާ ބޯޑަށް މެމްބަރުން ހޮވުން އޮންނާނީ އަންނަ މަހު ހަ ވަނަ ދުވަހު ބާއްވާ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ އިން އެ ނަންތައް ފާސްކޮށްގެންނެވެ.