މާލޭގައި ރޭ ހިނގި ގްރޫޕް މާރާމާރީއެއްގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ލޮނުޒިޔާރަތްމަގުގައި ހުންނަ ޕާމްޑެކް ރެސްޓޯރަސްޓު ކުރިމަތީގައި ރޭ 1:10 އެހާކަންހާއިރު ހިނގި އެ ހާދިސާގައި އަނިޔާ ލިބިފައި ވަނީ 28 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.

އެމީހާގެ ކަނާތު ކޮނޑުހުޅަށް ތިން އިންޗިއަށް ތޫނުއެއްޗެއް ހަރާލާފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ ހާދިސާގައި އަނިޔާލިބުނު މީހާ އަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާދެމުންނެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށާއި މިހާތަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.