އަންނަ އަހަރު ބްރިޑިޝް އެއާވޭސްގެ އެންމެ މަގުބޫލު 10 މަންޒިލުކަމަށް ލަފާކުރާ ލިސްޓުގައި ދިވެހިރާއްޖެ ހިމެނިއްޖެ އެވެ.


"ބްރިޓިޝް އެއާވޭސް ޓޮޕް 10 ޑެސްޓިނޭޝަންސް 2011" ނުވަތަ އަންނަ އަހަރު ބްރިޓިޝް އެއާވޭސްގެ އެންމެ މަގުބޫލު 10 މަންޒިލުގައި ދިވެހި ރާއްޖެ ހިމެނިފައި ވަނީ ހަ ވަނައިގަ އެވެ.


ރައިނޯކާހަޔާ ކިޔާ ޓްރެވަލް ހަބަރުތައް ގެނެސްދޭ ވެބަސައިޓްގައިވާ ގޮތުން އެއްވެސް އެއާލައިނެއްގެ ލިސްޓު ދިވެހި ރާއްޖެ އާ ނުލައި ހަމަނުވާނެ ކަމަށް ބްރިޓިޝް އެއާލައިނުންބުނެ އެވެ.


ބްރިޓިޝް އެއާލައިނުން ހަދާފައިވާ ލިސްޓުން އެއްވަނަ ހޯދާފައި ވަނީ މޮރޮކޯގެ ސިޓީ އެއްކަމުގައިވާ މުރައްކުޝް އެވެ. ދެވަނަ އަށް ހޮވިފައި ވަނީ އެމެރިކާގެ ސަން ޑިއޭގޯ އެވެ. ހަތަރު ވަނަ ލިބިފައި ވަނީ ހުޅަނގު އިންޑީސްގެ ދެ ރަށް ކަމުގައިވާ ސެއިންޓް ކިޓްސް އާއި ނެވިސް އަށެވެ. ފަސް ވަނަ ލިބިފައި ވަނީ އެމެރިކާގެ ޓެރިޓަރީއެއް ކަމުގައިވާ ޕުއޭޓޯ ރީކޯ އަށެވެ. ހަ ވަނަ ލިބިފައި ވަނީ ދިވެހި ރާއްޖެ އަށެވެ. ޖަޕާނަށް ލިބިފައި ވަނީ ހަތް ވަނަ އެވެ. ލަސް ވެގަސްއަށް، އަށް ވަނަ އެވެ. ނުވަނަ ލިބިފައި ވަނީ މޮރީޝަސް އަށެވެ. ދިހަ ވަނަ ލިބިފައި ވަނީ ކެރީބިއަން ކަނޑުގައި އޮންނަ ސެއިންޓް ލޫޝާ އަށެވެ.