26 Jan 2014, 21:33
މީހުން ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ބ. ފެހެންދޫން ފުލުހުންގެ ބެލުމުގެ ދަށަށް ދިއްވެއްސަކު ގެނެސްފި އެވެ.
ފުލުހުންބުނީ، "ހިއުމަން ޓްރެފިކިން" މައްސަލައެއްގައި ފެހެންދޫން ފުލުހުންގެ ބެލުމުމުގެ ދަށަށް ގެނެސްފައިވަނީ 48 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މި މިމަހުގެ 22 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް އެމީހާ ގެނެސްފައިވާއިރު، އެމީހާއާ އެކު ހަތް ބިދޭސީއަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވެއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ބިދޭސީންގެ ތެރެއިން 6 މީހުންނަކީ ވޯކް ޕާމިޓް ނެތި ރާއްޖޭގައި އުޅެމުންދާ މީހުން ކަމަށާއި އަނެއް މީހާއަކީ އޭނާގެ ސްޕޮންސަރަށް ފިލައިގެން އުޅޭމީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ ފެހެންދޫގައި އުޅެމުންދިޔަ އެ ހަތް ބިދޭސީން ގޮއިދޫއަށް ގެންގޮސްފައިވަނީ އެމީހުން މާލެ ގެންދިޔުމަށް އަންގާފައިވަނިކޮށް ފުލުހުންނަށް ފިލައިގެން ކަމަށެވެ.
މީހުން ޓްރެފިކް ކުރުމުގެ އެ މައްސަލަ، ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.