އާ އަހަރާ ދިމާކޮށް ކަސްޓަމަރުންނަށް ހެޔޮއަގުގައި މުދާ ފޯރު ކޮށް ދިނުމަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން "ކިކް އޮފް ސޭލް"ގެ ނަމުގައި ހާއްސަ ސޭލެއް ފަށައިފި އެވެ.

އަގުބޮޑު ހަދިޔާތަކާއެކު 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ އެ ސޭލް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި މިއަދު ފައްޓަވައިދެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓްރު އާދަމް އާޒިމް އެވެ.

ހޯމް އިމްޕްރޫވްމަންޓްގެ "ކިކް އޮފް ސޭލް" ފައްޓަފައިދެއްވުމަށްފަހު އާޒިމް ވިދާޅުވީ އެ ސޭލްގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނަށް ހެޔޮއަގުގައި އަދި ފަސޭހަކަމާ އެކު ހޯމް އިމްޕްރޫވްމަންޓުން ވިއްކާ މުދާ ލިބޭނެ ފުރުސަތު ހޯދައިނިދުމާއި، އަލަށް ލިބުނު މުދާތައް އިތުރަށް ޕްރޮމޯޓްކުރުން ކަމުގަ އެވެ.

މިއަދު ފެށި ސޭލްއަކީ ކަސްޓަމަރުންނަށް އިތުރު ލުއިތަކެއްލިބި އެސްޓީއޯގެ ހިދުމަތްތަށް އިތުރަށް ފުޅާވެގެންދާނެ ސޭލްއަކަށް ވާނެ ކަމުގައި އުންމީދުކުރައްވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އަލަށް ފެށި ސޭލްއާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން އެސިސްޓެންޓް ޖެނެރަލް މެނޭޖަރު ހޯމްއިމްޕްރޫވްމަންޓް އެންޑް ސާވިސްސަސް ސެންޓަރު މުހައްމަދު މުރާދު ވިދާޅުވީ، މިސޭލްގައި މުދާ ބައްލަވައިގަންނަވާ ފަރާތްތަކަށް އިނާމުގެ ގޮތުގައި ވަރަށް ހާއްސަ ހަދިޔާތައްވެސް ލިބިގެންދާނެ ކަމަށެވެ.

އެސްޓީއޯ ކިކް އޮފް ސޭލްސް އިން މުދާ ބައްލަވައިގަންނަވާ ފަރާތްތަކަށް ހަދިޔާގެ ގޮތުގައި ދޭ ތަކެތީގެ ތެރޭގައި، ބައްލަވައިގަންނަވާ ކޮންމެ ފިލިޕްސް ބްލޫރޭ ޕްލޭޔަރަކާއެކީ ބްލޫރޭ މޫވީ ސީޑީއެއް، ފިލިޕްސް ބްލެންޑަރަކާއެކީ ސްޓީމާއަކާއި ކޮންޓެއިނަރެއް، އަދި ނިޕޯން ޕެއިންޓް އިން ކުރައްވާ ކޮންމެ 5000ރ. އިން މަތީގެ ވިޔަފާރިއަކަށް ގިފްޓްޕެކޭޖެއް އަދި ކޮންމެ ނިޕޯން ޕައިލޮކްސް ސްޕްރޭއާއި ފުޅިއަކަށް އިތުރު ނިޕޯން ޕައިލޮކްސް ސްޕްރޭ ފުޅިއެއް ލިބޭނެއެވެ.

މީގެ އިތުރުންމި މި ޕްރޮމޯޝަންގައި ހިޓާޗީ ބައެއް ރެފްރިޖަރޭޓާ މޮޑެލްތަކަށް ފިލިޕްސް ބްލެންޑަރެއް، މަކިޓާގެ ވަކި އައިޓަމް ތަކަކަށް ފިލިޕްސް ޑީވީޑީ ޕްލޭޔަރާއި މަކިޓާ ޓީޝާޓް ފަދަ ތަކެތިވެސް ހަދިޔާގެ ތެރޭގައި ހިމެނޭ ކަމަށް މުރާދު ވިދާޅުވި އެވެ.

ހޯމްއިމްޕްރޫވްމަންޓުން "ކިކް އޯފްސޭލް" ގެ ނަމުގައި މިއަދު ފެށި ސޭލް، އަންނަ މަހުގެ 20ގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.