26 Jan 2014, 17:43
ތިލަފުށީގައި އޮތް ކޮޅުވެއްޓިއެއްގެ އިންޖީނެއް ގޮވައި ތިން މީހަކަށް އަނިޔާވެ އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ތިލަފުށީގައި އޮތް ކޮޅުވެއްޓިއެއްގެ އިންޖީނެއް ގޮވައިގެން މިއަދު 2:45 އެހާކަންހާ އިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ ހާދިސާގައި އަނިޔާވެފައި ވަނީ ދެ ދިވެއްސަކަށާއި ބިދޭސީ އަކަށް ކަމަށެވެ.
ފުލުހުން ބުނީ އަނިޔާވި އެކެއްގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އެ ތިން މީހުންނަށް ވެސް މިހާރު އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވީ ތިލަފުށީގައި ހިނގި އެ ހާދިސާގައި އަނިޔާވި ދިވެއްސަކާއި ބިދޭސީ މީހާއަށް އެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
ނަމަވެސް އެ ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދިވެހި މީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި އޭނާއަށް މިހާރު އެ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ޒީނަތު ވިދާޅުވި އެވެ.