ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ޕިލިޕީންސްގެ އަންހެނަކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމާ އެކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ ހުކުމް ކޮށްފައި ވަނީ ފިލިނޕީންސްގެ މަކާޓީ ސިޓީގެ އަންހެނެއްކަމަށްވާ ޖެނެރޯސާ ޕާންޗޯ މަޕޫލާގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މިއަދު އޭނާގެ މައްޗަށް އެ ހުކުމްކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 8:50 ހާއިރު ރާއްޖެއައި އެމިރޭޓްސްގެ ފްލައިޓަކުން އޭނާ މަސްތުވާތަކެތި އެތެރެކޮށްފައިވާކަން ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ.

އެ ހުކުމްގައި ބުނެފައި ވަނީ އޭނާގެ ފޮށިތެރޭހައި އޮތް ދަބަހެއްގެ ތެރެއިން 33369.2000 ގްރާމް ކޮކޭން ހުރިކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާ ކަމަށެވެ.

އެތަކެއްޗަކީ އޭނާގެ ތަކެތި ނޫންކަމަށާއި އެތަކެތި ބަލައި ފާސްކޮށްފައި ވަނީ އޭނާގެ ޣައިރު ހާޒިރުގައި ކަމަށް އެ އަންހެން މީހާ ބުނިނަމެވެސް އެތަކެތި ފެނިފައި ވަނީ އޭނާގެ ފޮށިންކަމަށާއި އަދި ބަލައި ފާސްކޮށްފައި ވަނީ އޭނާގެ ހާޒިރުގައި ކަމަށް ދައުލަތުން ހުށަހެޅި ހެކީން ޝަރީއަތުގައި ހެކިބަސްދެމުން ބުނެފައިވާ ކަމަށެވެ. އެހެންކަމުން އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.