26 Jan 2014, 13:20
ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރޭ ވިކްޓަރީ ސްޕޯޓްސް އަތުން 1-0 ލަނޑުން މޮޅުވެ، މުބާރާތުގެ ފެށުން މަހިބަދޫ ސްޕޯޓްސްއިން ރަނގަޅުކޮށްފި އެވެ.
ޓާފްއެއްނަންބަރު ދަނޑުގައި ރޭ ކުޅުނު މެޗުގައި މަހިބަދޫއިން ވިކްޓަރީކޮށްޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ގާސިމް ސަމާމްއެވެ.
މި އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި 13 ޓީމު ބައިވެރިވެފައިވާ އިރު ޓީމުތައް ވަނީ ތިން ގްރޫޕަކަށް ބަހާލާފަ އެވެ. އެގޮތުން ގްރޫޕް އެކެއްގައި ފަސް ޓީމު ހިމަނާފައިވާ އިރު އަނެއް ދެ ގްރޫޕުން ކޮންމެ ގްރޫޕެއްގައި ވެސް ހިމެނެނީ ފަސްޓީމެވެ.
ގްރޫޕް އެކެއްގައި ހިމެނޭ ޓީމުތަކަކީ، ކްލަބު ވެލެންސިޔާ އާއި ކްލަބު އީގަލްސް އާއި މަހިބަދޫ ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބުގެ އިތުރުން ކްލަބު ގްރީން ސްޓްރީޓް އެވެ.
ގްރޫޕް ދޭއްގައި ހިމެނޭ ޓީމުތަކަކީ، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ވައިކަރަދޫ އެފްސީގެ އިތުރުން ވޭރު ސްޕޯޓްސް ކްލަބެވެ.
ގްރޫޕް ތިނެއްގައި ހިމެނޭ ހަތަރު ޓީމަކީ، މިދިޔަ އަހަރުގެ ރަނަރަޕް ބީޖީ ސްޕޯޓްސް އާއި ކެލާ ނާޅި ސްޕޯޓްސް އާއި އޯލް ޔޫތު ލިންކޭޖްގެ އިތުރުން އޭދަފުށީ ޒުވާނުންގެ ކްލަބެވެ.
ޔޫތު ޗެމްޕިއަން ޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ވެސް ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ އިރު ފުރަތަމަ މެޗުގައި މިއަދު ހަވީރު 4:10 ގައި ބައްދަލުކުރާ ދެޓީމަކީ ނިއު އާއި މާޒިޔާ އެވެ. ދެ ވަނަ މެޗުގައި މިރޭ9:00ގައި ވާދަކުރަނީ ވާކަރަދޫ އާއި ވޭވަރު ސްޕޯޓްސް ކުލަބެވެ.