26 Jan 2014, 13:12
ކޮންމެ އަގެއްގައި ވިޔަސް ލޯންގެ ދަށުން ޗެލްސީ އިން އެތްލެޓިކޯ މެޑްރިޑަށް ދޫކޮށްފައިވާ ގޯލްކީޕަރު ތިބޯޓް ކޯޓްއޮއިސް ގަންނަން ޖެހޭ ކަމުގައި އެތްލެޓިކޯގެ ކޯޗް ޑީއޭގޯ ސިމިއޯނީ ބުނެފި އެވެ.
ގްންކް އިން 2011 ވަނަ އަހަރު ޗެލްސީ އާއި ގުޅުމަށްފަހު އުމުރުން 21 އަހަރުގެ ގޯލްކީޕަރު ކޯޓްއޮއިސް ފެންނަމުންދަނީ ލޯންގެ ދަށުން އެތްލެޓިކޯ މެޑްރިޑުންނެވެ.
ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އެތްލެޓިކޯގެ އެއް ނަންބަރު ކީޕަރުގެ ގޮތުގައި ފެންނަމުންދާ ކޯޓްއޮއިސް ވަނީ އެކްލަބަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެހެންކަމުން މިހާރު ކޯޗް ސިމިއޯނީ ބޭނުން ވަނީ ކޯޓްއޮއިސް ރަސްމީ ގޮތެއްގައި ކޯޓްއޮއިސް އެކްލަބުގެ ކުޅުންތެރިއަކަށް ހަދާށެވެ.
"ކޯޓްއޮއިސް އަށް ކޮންމެ އަގެއް ކިޔަސް. އެ އަގަކީ ބޮޑު އަގަކަށް ނުވާނެ." ސިމިއޯނީ ބުންޏެވެ. "އޭޏާ އަކީ ވަރަށް ފާގަތި ކުރިމަގެއް އޮތް ވަރަށް ޒުވާން ގޯލްކީޕަރެއް. އަދި އޭނާ ހިމެނެނީ ދުނިޔޭގެ އެންމެ މޮޅެތި ގޯލްކީޕަރުންގެ ތެރޭގައި. އެފަދަ މޮޅު ގޯލްކީޕަރެއް ހޯދުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ." ސިމިއޯނީ ބުންޏެވެ.
ބެލްޖިއަމް ލީގުގައި ކުޅުމަށް ފަހު، ކޯޓްއޮއިސް ޗެލްސީ އާއި ގުޅުނީ 26 މިލިޔަން ޔޫރޯގެ އަގަކަށެވެ. ލަލީގާގެ އެންމެ މޮޅެތި ގޯލްކީޕަރުންގެ ތެރޭގައި ހިމެނޭ ކޯޓްއޮއިސް އާއި ޗެލްސީ އާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނާނީ 2019 ގަ އެވެ.