14 Dec 2010, 10:50
މާލޭ އަތޮޅު ކޮކޯ ތިލަކައިރި އަށް ޑައިވިން އަށް ގޮސް އުޅުނު ޖަރުމަންވިލާތުގެ ޓޫރިސްޓަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފްގެ ލެފްޓިނެންޓް އަބްދުﷲ އަލީ ދެންމެ ވިދާޅުވީ ޖަރުމަންގެ އުމުރުން 58 އަހަރުގެ އެ ފިރިހެން މީހާ ގެއްލިގެން ރިޕޯޓް ކޮށްފައި ވަނީ މިއަދު މެންދުރު 11:45 ހާއިރު ކަމަށާއި މިހާރު އެސަރަހައްދުގައި އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ކޯސްޓްގާޑުން ކުރަމުން އަންނަ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެމީހާއަކީ ފިހާޅޮއްސަށް ޗުއްޓީ ހޭދަކޮށްލަން އައިސް ހުރި މީހެއް ކަމަށެވެ.
ގްރޫޕަކާ އެކު ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލުނު ޖަރުމަނު އެ މީހާ ހޯދުމުގެ މަސައްކަތް ކުރުމަށް އެއާޓެކްސީ ވެސް އެސަރަހައްދަށް ދިއުމަށް ފުރާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.