ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނަރަލް އަދި މެންބަރުންނަށް ގާނޫނީ ލަފާ ދެއްވާ ފާތުމަތު ފިލްޒާ އާއި މާޒިޔާ އަށް ކުޅެމުން އަންނަ ގައުމީ ފުޓްބޯޅަ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އާއި ކައިވެނިކޮށްފި އެވެ.

ބަކާ އާއި ފިލްޒާގެ ކައިވެނީގެ ޕާޓީ ރޭ ވަނީ ދަރުބާރުގޭ ރަންނަ ބަޑޭރި މާލަމްގައި ބާއްވާފަ އެވެ. އަދި އެ ދެ މީހުން ލޯބީގެ ގޮތުން ރައްޓެހިވެގެން އުޅެމުން އަންނަތާ މިހާރު ވަނީ ދުވަސްތަކެއް ވެފަ އެވެ.

ފިލްޒާ ކައުންސެލް ޖެނެރަލް މަގާމަށް މަޖިލިހުން އަންޔަންކޮށްފައި ވަނީ މީގެ ދެ އަހަރު ކުރިންނެވެ.

ފިލްޒާ އާއި ބަކާ ކައިވެނި ކުރި އިރު، ބަކާ ވާނީ އޭނާ މިދިޔަ ސީޒަންގައި ކުޅެމުން އާ މާޒިޔާގެ ކޮންޓްރެކްޓް ވެސް މި އަހަރު އަލުން އާކޮށްފަ އެވެ.