26 Jan 2014, 09:48
ސަފާރީއަކުން ވަގަށް ބަނގުރާ ވިއްކަމުން ދިޔަކަމުގެ ތުހުމަތުގައި ގިނަ އަދަދެއްގެ ބަނގުރަލާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.
ކ. މާފުށީ ޕޮލިސް ސްޓޭޝަނުން އެމީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 24 އަހަރުގެ މީހެކެވެ.
ފުލުހުން ބުނީ 24 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ގުޅީ ބޯޓުޔާޑުގައި އޮތް ސަފާރީއަކުން ވަގަށް ބަޔަކު މީހުން ބަނގުރަލާއި ބިޔަދަޅު ވިއްކާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ދަންވަރު 2:00 ހާއިރު ބަނގުރަލާއި ބިޔަރުދަޅު ވިއްކަމުން ދިޔަ ސަފާރީތެރެއިންނެވެ.
އެ މީހާ ހައްޔަރުކޮށް ސަފާރީ ބަލައި ފާސްކުރި އިރު އޭގެ ތެރެއިން ބަނގުރަލުގެ ބާވަތެއްކަމަށްވާ ވޮޑްކާ ބްރޭންޑުގެ ހަ ކޭހާއި ވިސްކީ ބްރޭންޑުގެ ފަސް ކޭސް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި ލަޔަން ބްރޭންޑުގެ ފަސް ކޭސް ބިޔަރު ދަޅާއި ކްލާސްބާގް ބްރޭންޑުގެ 100 ބިޔަރު ދަޅު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އުމުރުން 29 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ މާފުށީގައި މީހަކު މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރަމުންދާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެރަށު ބަނދަރު ސަރަހައްދުންނެވެ.
އަދި އެމީހާ އަށް ފުލުހުން ފެނުމާ އެކު އޭނާ އަތުގައި އޮތް ދަޅެއް ބަނދަރުތެރެއަށް އެއްލާލުމުން އެ ދަޅު ނަގައި ބެލި އިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް ހުއްޓެވެ.