14 Dec 2010, 09:36
ޕެޓްގެ ގޮތުގަ އާއި ވިޔަފާރީގެ އުސޫލުން ގެންގުޅޭ ތަފާތު ޖަނަވާރާއި ދޫނި ސޫފި އަދި މަސްމަހާ މެއްސަށް ފަރުވާދޭ ހާއްސަ ޓޮކްޓަރެއް ދަޑުވެރިކަމާ ބެހޭ މިނިސްޓްރީން ރާއްޖެ ގެނެސްފި އެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ކޮންޓުރެކްޓުގެ އުސޫލުން "ވެޓްރެނޭރިއަން"އެއް އެ މިނިސްޓްރީގައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގައި ވެސް ވެޓްރޭނިއަންއެއް ހުރުން ލާޒިމްކުރާ ކަމަށެވެ.
އޭނާ ވިދާޅުވީ ވެޓްރެނޭރިއަން[ޖަނަވާރުންނަށް ފަރުވާދޭ ޑޮކްޓަރުން] މައިގަނޑު ގޮތެއްގައި ކުރައްވާނެ މަސައްކަތަކީ ރާއްޖޭގައި ގެންގުޅޭ ދޫނިސޫއްޕާއި ސޫފި ފަދަ ތަކެއްޗަށް ޖެހޭ ބަލިތައް ދެނެގަނެ އެފަދަ ބަލިތަކަށް ފަރުވާދިނުން ކަމަށާއި ޖަނަވާރުންނަށް ޖެހޭ ބަލިތަކާ ގުޅޭ ގޮތުން ގާނޫނީ އޮނިގަނޑެއް އެބޭފުޅާގެ ލަފާގެ މަތިން ފަރުމާކުރެވޭނެ ކަމަށެވެ.
ރާއްޖެގައި ޖަނަވާރުންނަށް ޖެހޭ ބަލިތަކަށް ބޭނުންވާނެ ބޭސް ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސުމަށް ކުލިނިކެއް ހުޅުވުމުގެ މަސައްކަތް ކުރާ ކަމަށާއި ރާއްޖެތެރޭގެ ރަށްރަށުގައި ވެސް ތަފާތު ފަރާތްތަކަށް ވެޓްރެނޭރިއަންގެ އެހީތެރިކަން ލިބޭނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.
ރާއްޖޭގައި މިހާތަނަށް ދޫނި ސޫއްޕާއިސޫފީގެ ޒަރިއްޔާ އިން ބޮޑު ބައްޔެއް ފެތުރިފާ ނުވި ނަމަވެސް ރާއްޖޭގައި ވެސް ގިނަ އަދަދެއްގެ ޖަނަވާރު އަންނަނީ ގެންގުޅެމުންނެވެ. އަދި ހާއްސަކޮށް، ޕެޓްގެ ގޮތުގައި ޖަނަވާރާއި ދޫނިސޫއްފާއިސޫފި އަދި މަސްމަހާ މެހި ގެންގުޅުން ރާއްޖޭގައި ވަނީ އާންމުވެފަ އެވެ.