23 Jan 2014, 15:22
އެންޓި ޓެރަޒިމާ ގުޅޭ ގޮތުން 24 ފުލުހަކު ތަމްރީނު ހަދައިފި އެވެ.
ދިވެހި ފުލުހުންނަށް އަމާޒުކޮށްގެން ވައިޓަލް އިންފްރާސްޓްރަކްޗަރު ސެކިއުރިޓީ ކޯހެއް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން ކުރިއަށްގެން ދިޔަ 10 ކޯހުގައި ބައިވެރިންނަށް މިއަދު ވަނީ ސެޓްފިކެޓް ދީފަ އެވެ.
އިސްކަންދަރު ބިލްޑިންގައި މިއަދު އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު ވިދާޅުވީ މިއަދުގެ މުޖުތަމައަށް އެއީ ވަރަށް ބޭނުންތެރި ކަމެއް ކަމަށާއި ޓެރަރިޒަމްއާ ދެކޮޅަށް މަސައްކަތްކުރުމުގެ އެކަށީގެންވާ ތަމްރީނު ލިބިފައިވާ މީހުން މަދު ކަމަށެވެ. އަދި މިއަދުގެ ހާލަތައް ބަލައި ޓެރަރިޒަމާ ގުޅޭ ގޮތުން ތަމްރީނު ލިބިފައި ތިބި އޮފިސަރުން ތަކެއް ތިބުމުގެ މުހިންމު ކަން އަލީ ޒުހެއިރު ފާހަގަ ކުރެއްވި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އިސްނަގައިގެން ހިންގި އެންޓި ޓެރަރިޒަމް އެސިސްޓަންސް ޕްރޮގްރާމްގެ ދަށުން ވޭތުވެ ދިޔަ ދެ އަހަރު ދުވަހު ވެސް އެފަދަ ކޯސްތަކެއް ރާއްޖޭގައި ބާއްވައި 170 އޮފިސަރުން ވަނީ ތަމްރީންކޮށްފަ އެވެ.