23 Jan 2014, 15:11
އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ސައިކަލަކު ޖެހި ފައިބިނދިއްޖެ އެވެ.
ފުލުހުން ބުނީ މަޖީދީމަގު ބޭންކް އޮފް މޯލްޑިވްސް ކައިރީ މިއަދު މެންދުރު ހިނގި އެ ހާދިސާގައި އުމުރުން 64 އަހަރުގެ މީހެއްގެ ކަނާތު ފައިބިނދިފައިވާ ކަމަށެވެ. އެމީހާ އަށް މިހާރު އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ނެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގާފައި ވަނީ އުމުރުން ދުވަސްވީ މީހާ ބޭންކް ކައިރީ ސައިކަލެއްގައި މަޑުކޮށްލައިގެން އިން ވަގުތު އެހެން ލާފައި ދިޔަ އިތުރު ސައިކަލަކުން ޖެހި ކަމަށެވެ. އަދި އެ މީހާގެ ގައިގައި ސައިކަލުން ޖެހުމާ އެކު ސައިކަލު ދުއްވި މީހާ ފިލާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ފިލި މީހާ ހޯދުމަށް ސީސީޓީވީ ފޫޓޭޖްތައް ޗެކްކުރަމުން އަންނަ ކަމަށެވެ.