23 Jan 2014, 14:43
ހުޅުމާލޭގެ އުތުރުން އެއްފަޅެއްގައި އޮންނަ ކ. ފަރުކޮޅުފުށި (ކުލަބްފަރު) ރިސޯޓު ކުއްޔަށް ދިނުން މަޑުޖައްސާލައިފި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީއިން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ފަރުކޮޅުފުށީގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް ހިންގުމަށް ބަޔަކާ ހަވާލުކުރުން ފަސްކުރުމަށް އިއްޔެ ސިވިލް ކޯޓްއިން އަމުރުކޮށްފައިވާ ކަމަށެވެ. އެގޮތަށް އަންގާފައިވަނީ ސިވިލް ކޯޓްގައި އެރަށާގުޅޭ މައްސަލައެއް ހިނގަމުންދާތީ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ މިމަހުގެ 12 ވަނަ ދުވަހު ފަރުކޮޅުފުށި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކުއްޔަށް ދިނުމަށް ހުޅަވައިލާފަ އެވެ. ނަމަވެސް އެ މިނިސްޓްރީން މިހާރު ވަނީ "ޕްރީ ބިޑް އިންޕްމޭޝަން ސެޝަން" ކެންސަލްވެސް ކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ރަށަކީ ހުޅުމާލެ ހިއްކުމުގެ ދެވަނަ ފޭސްގެ ދަށުން ހިއްކޭނެ ސަރަހައްދަކަށް ވުމާއެކު، ފަރުކޮޅުފުށި ކުއްޔަށް ދެވޭނީ މުއްދަތު އިތުރު ނުކުރެވޭ ގޮތަށް ކަމަށެވެ. ނަމަވެސް ހުޅުމާލޭ ހިއްކޭނެ ދުވަހެއް އަދި ނޭންގެއެވެ.