މ. ބުލޫސީ އިމާރާތުގެ ތިން ވަނަ ފަންގި ފިލައިން ބިދޭސީއަކު ވެއްޓުމާ ގުޅިގެން ފުލުހުން ބަލަމުންދާ މައްސަލާގައި އެގޭގައި އެ ވަގުތު ހުރި އިތުރު ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ރޭ 10:00 އެހާކަންހާއިރު ލަންކާ ބިދޭސީ އަކު އިމާރާތުން ވެއްޓުމާ ގުޅިގެން އޭނާ އަށް ލިބިފައިވާ ސީރިއަސް އަނިޔާތަކަށް ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ. އަދި އެ މިހާ ވެއްޓުނު އިރު އެގެއިން ފިލަން އުޅުނު އިތުރު ބިދޭސީއަކު ރޭ ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ދެ ވަނަ މީހަކު ހައްޔަރު ކުރީ މިއަދު ކަމަށެވެ. ނަމަވެސް އޭނާ ހައްޔަރުކުރީ ކީއްވެ ކަމެއް ފުލުހުން ނުބުނެ އެވެ.

ސަން މައުލޫމާތު ލިބިފައިވާ ގޮތުގައި ބިދޭސީ މީހާ އިމާރާތުން ވެއްޓުނީ ފުލުހުނަށް ފިލަން އުޅުމުގެ ތެރޭގަ އެވެ. އަދި ހައްޔަރު ކުރި ދެ މީހުންނަކީ ވެސް ފުލުހުންނަށް އެ ވަގުތު ފިލަން އުޅުނު ބައެކެވެ.