ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން ކަމުގެ މަގާމުން އަބްދުއްރަޝީދު ނާފިޒު ވަކިކުރައްވައިފި އެވެ.

އަބްދުއްރަޝީދު ނާފިޒު އެ މަގާމުން އިއްޔެ ވަކިކުރައްވާފައިވާ ކަން ސަރުކާރުގެ އޮފިޝަލަކު ވެސް ވަނީ ސަންއަށް ޔަގީން ކޮށްދެއްވައިފަ އެވެ. އަދި މިއަދު އޭނާ އޮފީހަށް ނުކުމެވަޑައިނުގަންނަވަ އެވެ. ނަމަވެސް އެމަގާމުން އޭނާ ވަކިކުރެއްވި ސަބަބެއް އޭނާ ވިދާޅެއް ނުވެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން ކަމުގެ މަގާމަށް ނާފިޒު އައްޔަން ކުރައްވާފައި ވަނީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގަ އެވެ.

ނާފިޒަކީ ރައީސް ޑރ. މުހައްމަދު ވަހީދު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އިރު އެމަނިކުފާނުގެ "ގައުމައިގެން ކުރިއަށް ކޯލިޝަނު"ގެ ސްޕޯކްސްޕާސަންގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.