22 Jan 2014, 14:44
މޯލްޑިވްސް ޕޮލިޓެކްނިކްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި ހުންނެވި އަދުނާނު ހަލީމު އެ މަގާމުން ރައީސުލްޖުމްހޫރިއްޔާ ވަކިކުރައްވައިފި އެވެ.
ޕޮލިޓެކްނިކްސްގެ ސީއީއޯގެ މަގާމަށް މިދިޔަ އަހަރު އައްޔަން ކުރެއްވި އަދުނާން އެ މަގާމުން ވަކި ކުރެއްވީ މި މަހުގެ 20 ވަނަ ދުވަހު އެވެ. ސަން އަށް މައުލޫމާތު ދެއްވަމުން އަދުނާނު މިއަދު ވިދާޅުވީ އޭނާ މަގާމުން ވަކި ކުރެއްވިކަން ރައީސް އޮފީހުން އަންގަވާފައިވާ ކަމަށާއި ނަމަވެސް އެ މަގާމުން ވަކި ކުރެއްވި ސަބަބެއް އަންގަވާފައިނުވާ ކަމަށެވެ.
އަދުނާނު އެ މަގާމަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިދިޔަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު އެވެ.