22 Jan 2014, 12:24
މި އަހަރުގެ ސްކޫލް ސީޒަނާ ދިމާކޮށް ނޮވެލްޓީ ބުކްޝޮޕްގެ ފަރާތުން ބޭއްވި "ފޮތްލިސްޓް ލަކީ ޑްރޯވް 2014"ގެ 100،000 ރުފިޔާގެ ނަސީބުވެރިޔާ ހޮވައިފި އެވެ.
ނޮވެލްޓީ ބުކްޝޮޕުން މިދިޔަ އަހަރުގެ ނޮވެމްބަރު 22 އިން މި މަހު 14 އަށް ދޫކޮށްފައިވާ ފޮތް ލިސްޓްތަކާ ދޫކުރި ކޫޕަނުން 100،000 ރުފިޔާގެ ނަސީބު ވެރިޔަކަށް ހޮވުނީ އދ. މާމިނގިލި، ހިކިފިނިފެންމާގެ އިސްމާއިލް ރަޝީދު،37، އެވެ.
އެ ލަކީޑްރޯގެ ކޫޕަންތަކުގެ ގުރުއަތުނެގުން އޮތީ އިއްޔެ ދިޓީވީ އިން ވަގުތުން ދެއްކި ޕްރޮގްރާމެއްގަ އެވެ.
އިސްމާއިލް ރަޝީދު އަށް މިލްކުވެފައިވާ އެއްލައްކަ ރުފިޔާ 15 ފެބްރުއަރީ 2014ގެ ކުރިން އޭނާ އަށް ހަވާލުކުރާނެ ކަމަށް ނޮވެލްޓީ ބުކްޝޮޕްގެ ސޭލްސް މެނޭޖާ އައިޝަތު ރަޔީން މިއަދު ސަން އަށް ވިދާޅުވި އެވެ.