21 Jan 2014, 12:53
ޅ. އަތޮޅު ކަނުހުރާ ރިސޯޓުގެ ރޫމަކުން 10،000 ޑޮލަރު ވަގަށް ނަގައިފި އެވެ.
ފުލުހުން ބުނީ އިއްޔެ ހަވީރު ފުލުހުންނަށް ހުށަހެޅި އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.
އަދި ވަގަށް ނެގި 10،000 ޑޮލަރު ތެރެއިން 8500 ޑޮލަރު ފެނިފައި ވަނީ އެ ރިސޯޓްގައި ދުއްވާ ބަގީއެއްގެ ތެރެއިން ކަމަށެވެ. އަދި 1500 ޑޮލަރު ފެނިފައި ވަނީ ޓޫރިސްޓުން ބޭނުންކުރާ ރޫމެއް ކުރިމަތީގައި އޮތް ގަލެއްގެ ދަށަށް ލައި ފޮރުވާފައި ވަނިކޮށެވެ.
ފުލުހުން ބުނީ އެ މައްސަލައ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.