21 Jan 2014, 12:10
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމަށް އަދި އިތުރު "ދެ ދުވަސްވަރު" ނަގާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރު ޖެނަރަލް އަހްމަދު ޝަކީލް މިއަދު ސަން ވިދާޅުވީ 2463 ކެންޑިޑޭޓުން ވާދަކުރި ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރެވޭނެ ވަކި ތާރީހެއް ވިދާޅުވުމަށް ނޭނގޭ ކަމަށެވެ.
"ވަގުތީ ނަތީޖާ އިއުލާން ކުރެވޭނެ ވަކި ދުވަހެއް ދަންނަވަން ދަތި. ދެ ދުވަސްވަރު ނަގާނެ އަދި. މަސައްކަތް މި ކުރަނީ މި ހަފްތާގައި ވަގުތީ ނަތީޖާ އިއުލާން ކުރެވޭތޯ،" ޝަކީލް ވިދާޅުވި އެވެ. "އަޅުގަނޑުމެނަށް ބަލަންވީ ވަރަށް ނުބެލި ނަތީޖާ އިއުލާން ކުރެވިއްޖެ ނަމަ ފޫނުބެއްދޭ ވަރުގެ މައްސަލަތަކާ ކުރިމަތިވާނެ." ޝަކީލް ވިދާޅުވި އެވެ.
ރަށު ކައުންސިލަތަކަށާއި އަތޮޅު ކައުންސިލްތަކަށް މުޅި ޖުމްލަ 1100 ކެންޑިޑޭޓުން އިންތިހާބުކުރަންޖެހެ އެވެ.