މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ލިބެމުންދާ ގެއްލުންތަކަށް އާންމުން ހޭލުންތެރިކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީން ކެމްޕޭނެއް ފަށައިފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ހަފްލާއެއްގައި އެ ކެންޕޭންގައި ބޭނުންކުރާ ވީޑިއޯ ވަނީ ލޯންޗުކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ޝާހު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފެނުގެ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ފެނުގެނިޒާމަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ރަށުގެ މީރުފެންފަށަލަ ލޮނުވުމާއި މޫސުން ލަފާކުރުމަށް އުނދަގޫވުމުމުގެ އިތުރުން ހޫނުމޫސުމުގައި އާދަޔާ ޚިލާފަށް ހޫނުވެ އަދި ވިއްސާރަ މޫސުމުގައި އާދަޔާހިލާފަށް ވާރޭ ވެހޭގޮތް މެދުވެރިވުން ހިމެނޭ ކަމަށް ޝާހު ވިދާޅުވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކަށް އާންމުން ހޭލުންތެރިކުރުމަށް ފަށާފައިވާ ކެންޕޭންގައި ބޭނުންކުރާ ވީޑިއޯގައި ބޮޑަށް އަލި އަޅުވާލާފައިވަނީ ފުރާޅުން ވާރޭފެން ނެގުމުގައި އަމަލުކުރާނެ ރަނގަޅު އާދަތަކާއި ފެންފަށަލަ ލޮނުވުމަށް މެދުވެރިވާ ސަބަބުތަކުގެ މައްޗަށާއި ހޫނު މޫސުމުގައި ފެނައްޖެހުން މަދުކުރުމަށްޓަކައި ކުރެވިދާނެ ކަންކަމުގެ މައްޗަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

http://www.youtube.com/watch?v=fVMyOIHwWuQ