މިހާރު ކުރިއަށްދާ ޖެނުއަރީ ޓްރާންސްފާގައި އިޓަލީގެ އޭސީ މިލާނުން އިތުރު އެއްވެސް ކުޅުންތެރިއެއް ނުހޯދާނެ ކަމުގައި އެކްލަބުގެ ސީއީއޯ އެޑްރިއާނޯ ގަލިއާނީ ބުނެފި އެވެ.

މިހާރު ކުރިއަށްދާ ޓްރާންސްފާގައި މިލާނުން އާދިލް ރަމީ އާއި ކެއިސޫކޭ ހޮންޑާ ހޯދާފައިވާއިރު، އެކްލަބާއި އަލަށް ހަވާލުވި ކޯޗު ކްލެންރަންސް ސީޑޯފް އެހެން ކުޅުންތެރިންތަކެއް ގަނައުމަށް ވިސްނަމުންދެ އެވެ. ނަމަވެސް އިޓާލިއަން ސެރީއާގެ އެގާރަ ވަނާގައި އޮތް މިލާނަށް އިތުރު ކުޅުންތެރިއެއް ބޭނުން ނުވާކަމުގައި ގަލިއާނީ ބުނެފައި ވެއެވެ.

"އަހަރެމެން އިތުރު އެއްވެސް ކުޅުންތެރިއެއް ނުހޯދާނަން. ޖިއަމްޕައޮލާ ޕަޒިނީ ވަރަށް އަވަހަށް ކުޅުމަށް އެނބުރި އަންނާނެ. މާކޯ ޕަރޮލޯ އަދި ރިކާޑޯ ސަޕޮނަރާ އާއެކު އެއްވެސް ވާހަކަތަކެއް ނުދެކެވޭ. އަހަރެމެން މިހާރު މިދަނީ ލޯންގެ ދަށުން ޕާމާގެ ޖާސަން ވާގަރާ ހޯދުމަށް މަސައްކަތްކުރަމުން،" ގަލިއާނީ ބުންޏެވެ.

މިސީޒަނުގައި މިލާންގެ ފަރާތުން ދަށް ކުޅުމެއް ފެންނަމުންދާތީ އެކަމާއި މެދު ގިނަ ބަޔަކު ފާޑު ކިޔަމުން ދެއެވެ.