20 Jan 2014, 13:39
ހުޅުމާލެ ކައިރިއަށް ފީނި ޓޫރިސްޓަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މަރުވެފައި ވަނީ އުމުރުން 53 އަހަރުގެ ފްރާންސްގެ ރައްޔިތެއް ކަމަށެވެ. އަދި މިއަދު ހެނދުނު 8 ޖަހާއެހާކަންހާއިރު އެ މީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ ޑައިވިނަށްގޮސް އުޅެނިކޮށް މަރުވި މީހާ މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ.
އެ މީހާއާ ޑައިވިނަށް ގޮސްފައި ވަނީ ކޮން ބަޔަކާ އެއްކޮށްކަމެއް ސާފެއްނުވެ އެވެ.