20 Jan 2014, 11:59
ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ބަޔަކު މާލެއިން ހައްޔަރުކޮށްފި އެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މިއަދު ހެނދުނު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މ. ޒިލިއަން، ގެއަށް ވަދެ އެގޭގައި ތިބި ބަޔަކެ އެވެ. ފުލުހުން ހިންގި ހާއްސަ އޮޕްރޭޝަނެއްގެ ދަށުން ހައްޔަރު ކުރީ ތިން އަންހެނަކާއި ތިން ފިރިހެނެކެވެ.
އެގޭ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާ ހުސްކުރި ފުޅީގެ އިތުރުން ޖިންސީ ގުނަވަން ސިފަވާ ޒާތުގެ ރަބަރު އެއްޗެއް ވެސް އެގޭ ތެރެއިން ވަނީ ފެނިފަ އެވެ. އެތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އޭގެ އިތުރުން މިއަދު ފުލުހުން ހިންގި އޮޕަރޭޝަނުގައި ފުލުހުން ވަނީ މ. ޒިލިއަންގެ އާއި އިންވެގެން ހުރި "ދެފިޔަ" ވެސް ވަނީ ބަލާފާސް ކޮށްފަ އެވެ. އަދި އެގެއިން ވަނީ ބަނގުރާ ހުސްކުރި ފުޅިއަކާއި ހައްޔަރު ކުރުމަށް ބޭނުންކުރާ ބިޑިވެސް ފެނިފައިވެ އެވެ. އެ ގެއިން ވެސް ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ.