ފަހުން ފައިސާ ދައްކާ ގޮތަށް ޑޭޓާ ރީޗާޖްކުރެވޭ ހިދުމަތެއް އުރީދޫ އިން ތައާރަފްކޮށްފި އެވެ.

އުރީދޫގެ ސީނިއާ ސްޕެޝަލިސްޓް ޕަބްލިކް ރިލޭޝަންސް މަރިޔަމް އަހުމަދު ދީދީ މިއަދު "ސަން" ވިދާޅުވީ "އެމަޖެންސީ ކުރެޑިޓް" ނަމުގައި ތައާރަފްކުރި އެ ހިދުމަތުގެ ސަބަބުން އުރީދޫ ޕްރިމެއިޑް ކަސްޓަމަރުންގެ ތެރެއިން ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަހު ހިދުމަތް ހޯދާފައިވާ ކަސްޓަމަރުނަށް ފަހުން ދައްކާ ޑޭޓާ އެލަވަންސް ލިބޭނެ ކަމަށާއި އެ ގޮތުން ކުރެޑިޓް ހޯދުމަށް #141* އަށް ގުޅުމުން އެހިދުމަތް ލިބިގެންދާނެ ކަމަށެވެ.

"އުރީދޫގެ އެމަޖެންސީ ޑޭޓާ ބައްޓަން ކުރެވިފައި ވަނީ މެދުކެނޑުމެއް ނެތި އަބަދުވެސް އުރީދޫ ކަސްޓަމަރުން ހިދުމަތް ލިބޭނެ" އުރީދޫއިން ބުންނެވެ.

އުރީދޫ އިން ބުނީ އެމަޖެންސީކޮށް ނެގޭ ޑޭޓާގެ ގޮތުގައި ލިބެނީ 30 އެމްބީ އާއި 150 އެމްބީގެ އިތުރުން 350 އެމްބީ ކަމަށެވެ. އެމަޖެންސީ ޑޭޓާ ނެގެވުމުން އެންމެ އަވަހަށް ކުރާ ރީޗާޖްއަކުން އެމަޖެންސީ ޑޭޓާ ފީއާއިއެކު 10 ޕަސެންޓް ގެ ހިދުމަތުގެ ފީއެއް ނަގާ ކަމަށް ބުނެފައިވެ އެވެ.

އެމަޖެންސީ ޑޭޓާގެ ހިދުމަތް އުރީދޫ އިން ތައާރަފްކޮށްފައިވާ އިރު އެކުންފުނިން ވަނީ މީގެ ކުރިން އެމަޖެންސީ ކުރެޑިޓް ނަމުގައި ވެސް ހިދުމަތެއް ތައާރަފްކޮށްފަ އެވެ. އެހިދުމަތައް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އުރީދޫއިން ބުނެ އެވެ.