ދ. އަތޮޅު ވާނީ އަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަނޑައަޅުއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ވަނީ އަކީ ފަޅުރަށެއްގެ ގޮތުގައި ރައީސް ޔާމީން ކަނޑައެޅުއްވީ އެރަށުގައި މިހާރު މީހުން ދިރިއުޅެމުން ނުދާތީ، ގާނޫނުއަސާސީގެ އަށް ވަނަ ބާބާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް، ލާމަރްކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.

ވާނީ އަކީ ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި ރައީސް ޔާމީން މިއަދު ވަނީ ގަރާރެއް ނެރުއްވާފަ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ފަސް މީހަކު ވާނީ ކައުންސިލަށް ކުރިމަތިލި އެވެ. ގާނޫނުގައި ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް އެރަށު ކައުންސިލަށް މެމްބަރުން ކުރިމަތިލައްވާފައި ނުވާތީ އެ ފަސް މީހުން ކައުންސިލަރު ކަމަށް ހޮވިއްޖެ ކަމަށް މީގެކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާން ކޮށްފަ އެވެ.