މަސްތުވާތަކެއްޗާއި ގުޅޭ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެގެން ތިން މީހަކު ހޯދަން ފޮޓޯއާއި މައުލޫމާތު އާންމުކޮށްފި އެވެ.

ފުލުހުން ބުނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ހޯދަމުން އަންނަނީ ށ. ފުނަދޫ، ލަކީކޯނާ، އިދުރީސް ރަފީއު، 25، އާއި ޅ. ހިންނަވަރު، ނިޔާމަ، މުޙައްމަދު އަޙްމަދު، 27،ގެ އިތުރުން ސި. ހިތަދޫ، ދެކުލައަރާގެ، އިބްރާހިމް މައުސޫމް 41، އެވެ.

އެ މީހުންގެ ތެރެއިން އިދުރީސް ރަފީޢު އަކީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ވިޔަފާރުކުރުމަށް ޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ތުހުމަތާ ގުޅިގެން ހޯދަމުން އަންނަ މީހެކެވެ.

މުހައްމަދު އަހުމަދާއި އިބްރާހިމް މައުސޫމްއަކީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމަށް ޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައަށް އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައިނުވާ ދެ މީހުންނެވެ.