18 Jan 2014, 08:34
ސިއްހީ ދާއިރާގައި ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ގ. ޓިނުޖެހިގެ، އިބްރާހިމް ޝަހީމް އިއްޔެ ހެނދުނު އަވަހާރަވެއްޖެ އެވެ. އުމުރުން 61 އަހަރުފުޅުގައި ޝަހީމް އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އައިޖީއެމްއެޗްގައި ކަމަށް މައުލޫމާތު ލިބެ އެވެ. އަލްމަރުހޫމް އިބްރާހިމް ޝަހީމަކީ 38 އަހަރުގެ ދިގު މުއްދަތެއް ވަންދެން ސިއްހީ ދާއިރާގެ އެކިއެކި އިދާރާތަކުގައި ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން، އަދާކުރެއްވި ބައެއް ވަޒީފާތަކުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޑިރެކްޓަރު ޖެނެރަލްކަމާއި ޑެޕިއުޓީ ޑިރެކްޓަރުކަމާއި ޑިރެކްޓަރުކަމުގެ އިތުރުން ޑިރެކްޓަރު ޖެނެރަލްގެ މަގާމު ވެސް ފުރުއްވާފައިވެ އެވެ. އެންމެ ފުރަތަމަ ސަރުކާރުގެ ވަޒީފާއަކަށް ވަޑައިގަތީ 1969 ވަނަ އަހަރު، އޭރުގެ ޕަބްލިކް ހެލްތު ޑިވިޝަންގެ ހެލްތު އެސިސްޓަންޓެއްގެ ގޮތުގަ އެވެ. ޝަހީމަށް ވަނީ 1990 ވަނަ އަހަރުގެ "މިނިވަން 25"ގެ އިނާމު އަދި 1999 ވަނަ އަހަރު އާއްމު ހިދުމަތުގެ ހިއްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފަ އެވެ.