18 Jan 2014, 08:10
ކަރެކްޝަނަލް ސާވިސް ސެންޓަރާއި ފުލުހުންގެ އިސް އޮފިސަރުންގެ މެދުގައި އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއް ކުޅެފި އެވެ.
އިއްޔެ ހެނދުނު އެއް ނަމްބަރު ޓާފް ދަނޑުގައި ކުޅުނު މެޗް 2- 1 ލަނޑުން ކާމިޔާބުކުރީ ފުލުހުންގެ އޮފިސަރުންގެ ޓީމެވެ.
ކަރެކްޝަނަލް ސާވިސް ސެންޓަރުން އިސްނަގައިގެން ކުޅުނު 35 މިނެޓްގެ ދެހާފުގެ މި މެޗަކީ ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ކުޅެވުނު މެޗެކެވެ.
އިއްޔެގެ މެޗް ޝަރަފްވެރިކޮށް ދެއްވާފައިވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒް ގެ ނައިބު މުހައްމަދު ހާނިމް އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ އެވެ.