13 Dec 2010, 12:25
މިނިސްޓަރު އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަމީން ފައިޞަލް، އެ މަގާމުން އިސްތިޢުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް ބޭފުޅަކު ޢައްޔަން ކުރެއްވެންދެން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ އެންމެ އިސްވެރިޔާގެ ގޮތުން އެމިނިސްޓްރީގެ އެންމެހާ ކަންތައްތައް ބެލެހެއްޓެވުން މިނިސްޓަރު އޮފް ސްޓޭޓް ފޮ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ މުޙަންމަދު މުޢިއްޒު ޢަދުނާނާ ރައީސުލްޖުމްހޫރިއްޔާ މިއަދު ޙަވާލުކުރައްވައިފި އެވެ.