24 Mar 2010, 11:20
14:30
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެންބަރުން މާރާމާރީ ހިންގައި، އިއްޔެގެ ޖަލްސާ ކުރިއަށް ނޮގެންގޮސް ހުއްޓުވާލާފައިވާތީ އެކަން ކުށްވެރިކޮށް، އާންމުންގެ ގިނަ ބަޔަކު ޝުއޫރުފާޅުކުރަމުން އެބަދެ އެވެ.
ސަންއެފްއެމުން ގެނެސްދޭ ރައްޔިތުންގެ ނޫސް ނައިޓް އެޑިޝަންގައި ރޭ ވާހަކަ ދެއްކި ގިނަ ބަޔަކު ބުނީ ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ކަންތައްތައް ހިނގައިދިޔަ ގޮތާމެދު ހިތްހަމަނުޖެހިގެން އެކަންތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. ބައެއް ފަރާތްތަކުން ބުނީ އިއްޔެގެ ހާދިސާއަކީ މީގެ ކުރިން މަޖިލީހުގައި ހިނގައިފައިނުވާ ފަދަ ހާދިސާއެއް ކަމަށާއި އެއީ ހިތާމަވެރިކަމެއް ކަމަށެވެ. އަދި އެގޮތަށް މަޖިލީހުގެ ޖަލްސާ ކުރިއަށްގެންދިޔަ ނުދީ އެފަދަ އަމަލްތައް ހިންގުމަކީ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ހިޔާނާތެއް ކަމަށް ވެސް ބައެއް މީހުން ތުހުމަތުކުރި އެވެ.