16 Jan 2014, 17:17
ބައި ލައްކަ އަށްވުރެ ގިނަ ރުފިޔާ އާއި މަސްތުވާތަކެއްޗާއެކު 56 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންނަށް ލިބުނު މަޢޫލާމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މއ. ކިސްމިރީގެއިން ކަމަށެވެ.
މިއަދު ހެނދުނު 10:30 ހާއިރު ކިސްމިރީގެ ބަލައި ފާސްކުރިއިރު އޭނާ ދިރިއުޅޭ ކޮޓަރިން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ހުރި 19 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެކޮޓަރީގެ ތެރެއިން ބައި ލައްކައަށްވުރެ ގިނަ ރުފިޔާއާއި 1،700 ވުރެ ގިނަ ޑޮލަރުގެ އިތުރުން މާރާމާރީ ހިންގަން ބޭނުންކުރެވިދާނެ ފަދަ ތޫނު ހަތިޔާރު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.