މައްޗަންގޮޅި ގޭގައި އަލިފާން ރޯވެ، އެ ގޭގެ ބޮޑު ބައެއް އަނދައިފި އެވެ.

އަލިފާން ރޯވެފައި ވަނީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ކައިރީގައި ހުންނަ ބަބިއާނާ ހޮޓާ ކައިރީގައި ހުންނަ މއ. ވައިޓްވިއުގަ އެވެ. އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމަކާއި ފުލުހުންނާ ގުޅިގެން މިހާރު ވަނީ އަލިފާންގަނޑު ކޮންޓްރޯލްކޮށްފަ އެވެ.

އަލިފާން ރޯވުމުން އެ ގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ. އެގޮތުން އެގޭގެ ހަތަރު ކޮޓަރިއެއް އަނދައި ހުލިވެފައިވާއިރު، ގޭގެ ފުރާޅުން ބައެއް އަނދައި، ވަނީ ފޫ ވެއްޓިފަ އެވެ. އަދި ހިފާ ގެންގުޅޭ ސާމާނުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ.

އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. އަލިފާން ރޯވި ސަބަބު ސިފައިންނާއި ފުލުހުން ދަނީ ބަދަލުންނެވެ.