ދުއްވާފައި ދިޔަ ވޭނެއްގެ ފުރޮޅު ފަޅައިގެންގޮސް އިތުރު ވެހިކަލްތަކެއްގައި ޖެހި ހަ ސައިކަލަކަށް އެކިވަރުގެ ގެއްލުން ވެއްޖެ އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއްނުވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ އެކްސިޑެންޓް ހިނގިކަން ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 6:00 ހާއިރު ކަމަށެވެ.

މަޖީދީމަގު ރެޑްވޭވް ކުރިމަތިން ދުއްވާފަދިޔަ ވޭނުގެ ފުރޮޅުފަޅައިގެން ގޮސް ހިނގި އެކްސިޑެންޓްގައި އެވަގުތު އެހިސާބުން ދުއްވާފަދިޔަ ސައިކަލެއްގައި ޖެހި، ވޭން ކޮންޓުރޯލު ނުކުރެވިގޮސް ވަނީ ޕާކްކޮށްފައި ހުރި ސައިކަލުތަކެއްގައި ވެސް ޖެހިފަ އެވެ.

ފުލުހުން ބުނީ ޕާކްކޮށްފައި ހުރި ހަ ސައިކަލެއްގައި ޖެހި އެކިވަރުގެ ގެއްލުންވެފައިވާ ކަމަށެވެ. އެހާދިސާގައި ވޭނަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.