16 Jan 2014, 11:54
އެއާޕޯޓު ސެކިއުރިޓީ ކޮމާންޑްގެ ތިޖޫރީ ވަގަށްނަގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 8:30 ހާއިރު ކަމަށެވެ.
އެއާޕޯޓު ސެކިއުރިޓީ ކޮމާންޑްގައި ބަހައްޓާފައިހުރި ތިޖޫރީ ވަގަށް ނެގިއިރު، ތިޖޫރީގައި ތެރޭ 4،452ރ. އާއި ޗެކުތަކެއް ހުރި ކަމަށް ވެއެވެ.
ފުލުހުންގެ މީޑިއާ އޮފޝަލު ވިދާޅުވީ އެމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.