16 Jan 2014, 10:54
ލިވަޕޫލް އަށް ކުޅެމުންދާ ބްރެޒިލް އަށް އުފަން ޒުވާން މިޑްފީލްޑަރު ފިލިޕް ކޫޓީނިއޯގެ ކުޅުން އިތުރަށް ރަނގަޅުކުރަން ބޭނުންވާކަމަށް އޭނާ ބުނެފި އެވެ.
މިމަސް ނިމޭއިރު ލިވަޕޫލް އާއި ގުޅުނުތާ އެއް އަހަރުވާ ކޫޓީނިއޯގެ ފަރާތުން މިސީޒަނުގައި ރަނގަޅު ކުޅުމެއް ފެންނަމުންދެ އެވެ. މިސީޒަނުގެ ޕްރިމިއާ ލީގުގައި ކޫޓީނިއޯގެ ފަރާތުން ދެ ގޯލް ފެނުނު ނަމަވެސް، ގިނަ ގޯލްތަކެއް ކާމިޔާބުކުރަން ބޭނުންވާކަމަށް އޭނާ ބުނެފައިވެ އެވެ.
"އަހަރެން ބޭނުމީ އަހަރެންގެ ކުޅުން އިތުރަށް ރަނގަޅުކުރަން. އަދި ގިނަ ގޯލްތަކެއް ކާމިޔާބުކުރަން ވެސް ބޭނުން." އުމުރުން 21 އަހަރުގެ ކޫޓީނިއޯ ބުންޏެވެ. އަހަރެން ކޮންމެ ދުވަހަކު ވެސް ރަނގަޅަށް މަސައްކަތްކޮށް ކުޅުން ރަނގަޅުކުރެވޭތޯ ބަލާނަން. އަހަރެމެން މަސައްކަތްކުރަނީ އެންމެ ރަނގަޅު ކުޅުން ދައްކާ ގަދަ ހަތަރެއްގައި އޮންނަން. އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަކީ އަހަރެމެންގެ އުންމީދެއް."
ކޫޓީނިއޯ ލިވަޕޫލާއި ގުޅުނީ އިޓަލީގެ އިންޓަ މިލާނަށް ކުޅުމަށްފަހުގަ އެވެ. އިންޓަ އިން 2013 ވަނަ އަހަރު ލިވަޕޫލާއި ކޫޓީނިއޯ ގުޅުނީ 8.5 މިލިޔަން ޕައުންޑްގެ އަގަކަށެވެ.