16 Jan 2014, 09:39
އިސްލާމް އާބާދު (ޖަނަވަރީ 16): ޕާކިސްތާނުގެ ނަވާބް ޝާހް ސިޓީގެ ކައިރީ ސަރަހައްދެއްގައި އިއްޔެ ހިނގި އެކްސިޑެންޓްގައި 20 ކުދިން މަރުވެ 15 ކުދިން ޒަޚަމްވެއްޖެ އެވެ.
މިހާދިސާ ހިނގީ މިސަރަހައްދުގެ ސްކޫލެއްގެ ކުދިންތަކެއް ގޮވައިގެން ދަތުރުކުރަމުން ދިޔަ ވޭނެއްގައި ލޮރީއެއް ޖެހިގެންކަމަށް ޕާކިސްތާނުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެ އެވެ. މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 10 އަހަރާ 16 އަހަރާ ދެމެދު ކުދިން ކަމަށާ މިނުރައްކާތެރި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ބަލައި ތަހްގީގްކުރަމުން ގެންދާކަމަށް ޕާކިސްތާނުގެ ފުލުހުން ބުނެ އެވެ.
ޕާކިސްތާނުގެ ދެކުނުގެ ނަވާބް ޝާހް ސިޓީއަކީ ކަރާޗީގެ އުތުރުން 265 ކިލޯމީޓަރު ދުރުގައިވާ ރަށެކެވެ. ޕާކިސްތާނުގެ ޚަބަރު ފަތުރާ ވަސީލަތްތަކާ ޙަވާލާދީ ރޮއިޓާސް ޚަބަރުދޭ ގޮތުގައި މިއެކްސިޑެންޓް ގައި މުޑިއެރި، ލޮރީ ދުއްވަން އިން ޑްރައިވަރު ވަނީ ދަނޑިވަޅުބަލާފައި ފިލާފަ އެވެ. އެހެންކަމުން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުންދާ ކަމަށް ޚަބަރުލިބެ އެވެ.
ޕާކިސްތާނަކީ ދުނިޔޭގައި މަގުމަތީގެ އެކްސިޑެންޓްތައް އެންމެ ގިނަ އެއްގައުމެވެ. މިކަމުގެ ސަބަބަކީ މަގުތައް ހަލާކުވެ ފެންވަރުދަށްވުމާއި ވެހިކަލްތަކުގެ ފެންވަރު ދަށްވުމާއި ޓްރެފިކް ގަވައިދުތަކަށް ބޯނުލެނބުންކަމަށް ރިޕޯޓްތައް ބުނެ އެވެ. (ރޮއިޓާސް)