މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ދެ ބޭފުޅަކު ޢައްޔަނު ކުރައްވައިފި އެވެ.
އެ ބޯޑަށް އައްޔަން ކުރެއްވި އެއްބޭފުޅަކީ، މިނިސްޓަރު އޮފް ޔޫތު އެންޑް ސްޕޯޓްސް މުޙަންމަދު މަލީޙު ޖަމާލެވެ. އަނެއް ބޭފުޅަކީ މައްޗަންގޮޅީ ވަހާރި ޙުސައިން ޙިލްމީ އެވެ.

މި ބޭފުޅުންގެ އިތުރުން، ބޯޑުގައި މިހާރު ތިއްބަވާނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަނަރާއި ޑެޕިއުޓީ ގަވަނަރު ޢާއިޝަތު ޒާހިރާ އާއި އެސިސްޓެންޓް ގަވަނަރު ޑރ. ޢަޒީމާ އާދަމާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޕަމަނަންޓް ސެކްރެޓަރީ އިސްމާޢީލް ޢަލިމަނިކެވެ. އަދި މި ބޯޑުގައި މާފަންނު ޝުއާޒް މުޙަންމަދު ޞާލިޙު ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.