މިސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑްގެ ދަށް ކުޅުމުގެ ޒިންމާ ނަގަންޖެހެނީ ހަމައެކަނި އެކްލަބުގެ ކޯޗު ޑޭވިޑް މޮޔެސް ނޫން ކަމަށް ޔުނައިޓެޑްގެ ކެޕްޓަން ނަމެންޔާ ވިޑިޗް ބުނެފި އެވެ.

މިދިޔަ ސީޒަނަށް ފަހު، ޔުނައިޓެޑްގެ ކޯޗުކަމުން ސާ އެލެކްސް ފާގަސަން ދުރުވުމާއި ގުޅިގެން މިސީޒަންގައި އެ ޓީމްގެ ފަރާތުން ދަށް ކުޅުމެއް ފެންނަމުން ދާތަން ފެންނަމުން ދެ އެވެ. މިކުޅުން ފެނިގެންދިޔައީ މިސީޒަންގައި ޔުނައިޓެޑްގެ ކޯޗުކަމާއި ހަވާލުވި ކުރީގެ އެވަޓަން ކޯޗު މޮޔެސްގެ ދަށުން ކުޅެމުންދާ ޔުނައިޓެޑް މިވަގުތު އޮތީ ޕްރިމިއާ ލީގުގެ ހަތްވަނާގަ އެވެ. އޭގެ އިތުރުން އެފްއޭ ކަޕްގެ ތިން ވަނަ ބުރުން ވެސް އެ ޓީމް ވަނީ ކަޓާފަ އެވެ.

"އަހަރެމެންގެ ކޯޗު ބަދަލުވުމުން މީޑިއާގެ އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ އެކަމަށް. އެންމެ ފުރަތަމަ ވެސް އަހަރެމެން ކުރި އުންމީދަކީ ވެސް މިހާރު ކުރާ އުންމީދު. ކޮންމެ އަހަރަކު ވެސް އަހަރެމެންގެ އުންމީދުތައް ހުންނަނީ އެއްގޮތަކަށް. އެއީ ވަކި އާ ކޯޗުގެ ސަބަބުންނެއް ނޫން." ވިޑިޗް ބުންޏެވެ. "މިހާރުގެ ދަށް ކުޅުމުން އޭގެ ޒިންމީ ނަގަންޖެހޭނީ ހަމައެކަނި ކޯޗެއް ނޫން. އޭގައި ކުޅުންތެރިން ވެސް ޒިންމާ ނަގަން ޖެހޭނެ."

ޔުނައިޓެޑްގެ ފަރާތުން މިސީޒަނުގައި އެންމެ ދަށް ކުޅުމެއް ފެނިގެންދިޔައީ ސީޒަންގެ ކުރީކޮޅުގަ އެވެ. ސީޒަންގެ ކުރީކޮޅުގައި ޔުނައިޓެޑް ނުކުންނަން ޖެހުނީ އެންމެ ވަރުގަދަ ޓީމްތަކާއި ދެކޮޅަށްކަން ފާހަގަކޮށްލެވެ އެވެ.