ޖިންސީ ކުށުގެ ބިލް ތަސްދީގު ނުކުރައްވައި އަލުން ވިސްނާވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ ބިލް އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

އެ ބިލާގުޅޭގޮތުން ރައީސް ޔާމީން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީފުޅުގައި، އެ ބިލަށް އެޓާނީ ޖެނެރަލްގެ ގާނޫނީ ލަފާ ހޯއްދެވުމަށް ފޮނުއްވުމުން، ބިލާ ގުޅޭގޮތުން އެޓާނީޖެނެރަލް ފާހަގަކުރެއްވި މައްސަލަތަކަށް ތަފްސީލުކޮށް ބައްލަވާލައްވާފައިވެއެވެ.

އެ ބިލުގައި އިސްލާމީ ޝަރީއަތާއި، އިސްލާމީ އުސޫލުތަކާ ޚިލާފު ބައެއް ކަންކަން ހިމެނޭތީ، އެއީވެސް ބިލު އަނބުރާ ފޮނުއްވައިލެއްވުމުގައި ރިއާޔަތް ކުރެއްވި ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަނބިމީހާގެ ނުރުހުމުގައި ފިރިމީހާ އަނބިމީހާއާއެކު "ރޭކޮށްފި ނަމަ" އެއީ ރޭޕްކުރުން ކަމުގައި ބެލެވޭނެ ކަމަށް އެ ބިލްގައި ވަނީ ހިމަނާފަ އެވެ.