ޗައިނާގެ އިރުމަތީ އިރުމަތީގައިވާ ޒިންޖިއާން ޕްރޮވިންސްގެ ވެންލިން ނަމަކަށް ކިޔާ ރަށުގައި ހުރި ބޫޓް އުފައްދާ ފެކްޓްރީއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 16 މީހުން މަރުވެއްޖެއެވެ.

ޗައިނާ ސަރުކާރުގެ ނޫސް އެޖެންސީ ޒިންހުއާ ބުނީ އެހާދިސާގައި މަރުވި މީހުންގެ އިތުރުން ފަސްމީހަކު ޒަހަމްވެފައިވާ ކަމަށެވެ. އަދި ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ޗައިނާ ފުލުހުން އެފެކްޓްރީގެ ވެރިންގެ ތެރެއިން ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ޒިންހުއާ އިން ބުންޏެވެ.

އިއްޔެ ހިނގި އެހާދިސާގައި ފެކްޓްރީގެ 800 އަކަމީޓަރުގެ ސަރަހައްދެއް ވަނީ އަނދައި ހުލިވެފައެވެ. ހާދިސާ ހިނގިއިރު ފެކްޓްރީގެ ތެރޭގައި ތިބި މީހުންގެ ތެރެއިން 20 މީހަކު ވަނީ ސަލާމަތްކޮށްފައެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ހޯދުމަށް ޗައިނާ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ޗައިނާގައި ފެކްޓްރީ ތަކާއި ކޯލްމައިން ތަކުގައި ރޯވުމުގެ ހާދިސާތައް ގިނައިން ހިނގައެވެ. އެފަދަ ހާދިސާތައް މަދުކުރުމަށްޓަކައި ސަލާމަތީ ކަންތައްތައް ރަނގަޅު ކުރުމަށް އެގައުމުގެ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.