15 Jan 2014, 10:03
މެލޭޝިއާގެ ޕްރިމިއާލީގު (ދެވަނަ ޑިވިޝަން) ކްލަބެއް ކަމަށްވާ ޕޮލިސް ޑި-ރާޖާ މެލޭސިއާ (ޕީޑީއާރުއެމް)އަށް ކުޅެމުން އަންނަ ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)ގެ ކަނާއަތު ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާ އަށް ފަހު ދަގަނޑޭ ކުޅެން ނުކުމެއްޖެ އެވެ.
ދަނގަޑޭގެ އަނިޔާގެ ސަބަބުން އޭނަ ވަނީ ދެ ހަފުތާއެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރެފަ އެވެ. އަދި ދަނގަޑޭ ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އޭނާގެ ކުރީގެ ކުލަބް ނިއުއިން ބޭއްވި "ނިއުރޭޑިއަންޓު" ނައިޓުގައި ބައިވެރިވެފަ އެވެ.
މީގެ ކުރިން މެލޭޝިޔާ ސްޕަލީގުގައި ބްރޫނާއީގެ ޓީމަކަށް ވެސް ކުޅެފައިވާ ރާއްޖޭގެ ހުނަރުވެރި ފޯވާޑް ދަނގަޑޭ ވަނީ ޕީޑީއާރްއެމްއާ ގުޅުނު ފަހުން އެ ޓީމުގައި ވެސް މޮޅުކުޅުމެއް ދައްކާފަ އެވެ.
ދަނގަޑޭ ބޭރުގެ ޓީމަކަށް މިހާތަނަށް ކުޅެފައި ވަނީ މެލޭޝިއާގެ ސްޕަ ލީގުގައި ކުޅޭ ބުރޫނާއީގެ ޑީޕީއެމްއެމް އަށެވެ. ޑިސެމްބަރު 2007 ވަނަ އަހަރު ޑީޕީއެމްއެމް އަށް އޭނާ ކުޅުނީ ދެ މަސްދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެފަހަރު ވެސް ދަގަނޑޭ ވަނީ މެލޭޝިޔާގެ ނޫސްތަކުގެ ފުޓްބޯޅަ ސުރުހީތަކުން ޖާގަ ހޯދި އެވެ.
ހުސްވި ސީޒަންގައި ރާއްޖޭގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ހޯދި ހުރިހާ ކާމިޔާބެއްގައި މުހިއްމު ރޯލެއް އަދާކުރި ރާއްޖޭގެ އެއް ނަންބަރު ފޯވާޑް ދަނގަޑޭ ވަނީ މިދިޔަ ސީޒަންގައި ގައުމީ ޓީމަށް ކުޅުނުމެޗުތަކާ އެކު ޖުމްލަ 56 ލަނޑު ކާމިޔާބު ކޮށްފަ އެވެ.
ސަރަހައްދީ ފުޓްބޯޅައިގައި ވެސް ފާހަގަކޮށްލެވޭ ރާއްޖޭގެ ހުނަރުވެރި ފޯވާޑް ޕީޑީއާރުއެމްއާ ގުޅުނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.