ގެސްޓުހައުސްގެ ތެރޭގައި ބަދުއަޚުލާގީ އަމަލު ހިންގި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މ. ނިންފެއާ ގޭގައި ހިންގަމުން ދިޔަ ގެސްޓުހައުސްއެއްގައި ބަދުއަޚުލާގީ އަމަލު ހިންގި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ އަންހެނެއް ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެ މީހުން ތިބި ކޮޓަރިއަށް ފުލުހުން ވަނުމާއި އެކު ފިރިހެން މީހާ ފާޚާނާތެރެއަށް ވަދެ ފުލުހުންނަށް ފިލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެވަގުތު އަންހެންމީހާ ހުރީ ބަރަހަނާކޮށް ކޮޓަރިތެރޭގައި ކަމަށާއި އަދި އެތަނުގައި ބަދުއަޚުލާގީ އަމަލު ހިންގުމަށް ބޭނުންކުރާ ސާމާނުތަކެއް ވެސް ހުރިކަމަށެވެ.

އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް މިޑިއާ އޮފިޝަލް ވިދާޅުވި އެވެ.