13 Dec 2010, 08:28
ބަންގްލާދޭޝްގައި ހަޅުތާލު ކޮށް މުޒާހަރާ ކުރަމުން ގެންދިޔަ ގާމެންޓް ފެކްޓަރީތަކުގެ މަސައްކަތް ތެރިންގެ ބަޔަކާ ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުން ތަކެއް ހިނގައިފިއެވެ. މިކުރިމަތި ލުންތަކުގައި ތިން މީހުން މަރުވެ އިތުރު ބަޔަކު ޒަޚަމްވިއެވެ. މަސައްކަތް ތެރިން ހަޅުތާލު ކުރަން ނިކުމެފައިވަނީ އެމީހުންގެ މުސާރަ ބޮޑުކޮށް ދިނުމަށް އެދިއެވެ. ވެރިރަށް ޑާކާއާއި ޗިޓަގޮންގ ގައި މުޒާހަރާކުރި އެތަށްހާސްބަޔަކާ ދެކޮޅަށް ފުލުހުން މުގުރާއި ކަރުނަގޭސް ބޭނުން ކުރި ކަމަށް ޚަބަރުތައްބުނެއެވެ. ބަންގްލާދޭޝްގެ މަސައްކަތްތެރިންގެ ބަޔަކު މީގެހަފްތާއެއްހާ ދުވަސްކުރިންވެސް މުސާރައާއި ޢިނާޔަތްތައް ބޮޑުކުރުމަށްއެދި ވަރުގަދަ މުޒާހަރަތަކެއްކޮށް ފުލުހުންނާ ކުރިމަތިލާފައިވެއެވެ. މަސައްކަތްތެރިންގެ ޖަމްޢިއްޔާތަކުންވަނީ މިއަދުވެސް ހަޅުތާލުކޮށް މުޒާހަރާކުރާނެ ކަމުގެ އިންޒާރުދީފައެވެ. -- ޖަވާދު