14 Jan 2014, 15:15
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ރައީސް މަރިޔަމް އަޒުރާގެ ފިރިކަލުން އދ. މަހިބަދޫ، ތަރިވިދާގޭ މުހައްމަދު ޝަހީމް ކުއްލި ގޮތަކަށް ރޭ އަވަހާރަވެއްޖެ އެވެ. ޝަހީމްގެ ރަހްމަތްތެރިއަކު ސަން އަށް ވިދާޅުވީ ޝަހީމް، 50، އަވަހާރަވީ ރޭ މެންދަމު 2:30 ހާއިރު ކަމަށާއި އަދި އަވަހާރަވީ ނޭވާލުމުގެ މައްސަލައެއް ދިމާވެގެން ކަމަށެވެ. "ފަހަކަށް އައިސް ނޭވާލާ ނިޒާމުގެ މައްސަލަތަކެއް ޝަމީމުގެ ހުރި. ރޭ ވެސް ރައްޓެސަކާ އެކު ގާތްގަނޑަކަށް 12 ޖަހާ އެހާކަންހާ ކައިގެން ގެއަށް ދިޔައީ. ފަތިހު ގުޅާފައި ބުނީ ނިޔާވި ވާހަކަ،" ޝަމީމުގެ ރައްޓެއްސަކު ސަން އަށް ކިޔައިދިނެވެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ޝަމީމް ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޑިރެކްޓަރުން ބޯޑުގެ މެމްބަރަކަށް އައްޔަންކުރައްވާފަ އެވެ. ނަމަވެސް އޭނާ ވަނީ މިމަހުގެ 7 ވަނަ ދުވަހު އެ މަގާމުން ވަކިކުރައްވާފަ އެވެ. މަރްހޫމު ޝަހީމްގެ މައްޗަށް ކުރާ ކަށު ނަމާދު އޮންނާނީ މިއަދު އަސްރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.